English Edition
Dhivehi Edition

ދަނޑުވެރިކަން ދިރުވައި އާލާކުރުމުގެ މަގްސަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަނަށް ދޮންކެޔޮ ގަންނަން ބޭނުންވެ އެކަމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެގްރޯ ނެޓުން ބުނީ އެ ކޯޕަރޭޝަނަށް ގަންނަން ބޭނުންވަނީ ބޮންތި ރަތްކެޔޮ ކަމަށާއި އެކަމަށް އެދޭ ހުރިހާ ދިވެހި ދަނޑުވެރިންނަށް އެފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި މިކަމަށް އެދޭ ދަނޑުވެރިން މިމަހުގެ 20 ވަނަދުވަހުގެ ކުރިން ރަޖިސްޓްރީކުރުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. އެގޮތުން ދޮންކެޔޮ ވިއްކުމަށް ރަޖިސްޓްރީވުމަށް އެދޭ ދަނޑުވެރިން އެ ކޯޕަރޭޝަންގެ ވެންޑަރ ރަޖިސްޓްރްރޭޝަން ފޯމް ފުރިހަމަ ކޮށް [email protected] އީމެއިލް ކުރުމަށް ރަޖިސްޓްރީވާނެކަމަށް އެ ކުންފުނިން ބުނެއެވެ.

2020 ވަނަ އަހަރުގެ އެޕްރީލް މަހުގައި ފެށި، އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގެ ދަށުން ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އެހީއާއި މާލީ އެހީތެރިކަންފޯރުކޮށް ދިނުމުގެ އިތުރުން އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަންނާނެއެވެ.

ސަރުކާރުން ހިއްސާވާ ދަނޑުވެރިކަމުގެ ހާއްސަ ކުންފުނި އެގްރޯ ނެޝެނަލް ކޯޕަރޭޝަން އަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގައި މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ހަމަ އަގުގައި ގަނެ އެތަކެތި މާކެޓްކޮށް ވިއްކުމާއި ސަޕްލައިޗެއިން ތަރައްގީކުރަން މަސައްކަތް ކުރުން އެ ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެެނެ އެވެ.