English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މާލޭ ކެމްޕަސް - ފޮޓޯ: އެމްއެންޔޫ

ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ 2021 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު އިތުރުކޮށްފިއެވެ. އަންނަ ފެބްރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް މިހާރު އޮތްގޮތުން މިމަހުގެ 21 ގެ ކުރިން ކުރިމަތި ލެވޭނެއެވެ. ފުރަތަމަ ޓާމްގައި 100 އަށް ވުރެ ގިނަ ކޯސް ހުޅުވާލާފައިވާއިރު މިކޯސްތައް ކުރިއަށް ދާނީ އެމްއެންޔޫގެ ދަށުން ކިޔަވައިދެމުން އަންނަ ހުރިހާ ކެމްޕަސްތަކާއި ފެކަލްޓީތަކެއްގައެވެ.

އެމްއެންޔޫއަކީ ރާއްޖޭގައި މިހާރު ތަޢާރަފް ކޮށްފައިވާ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބޭ ތަނެއްގެ އިތުރަށް ދަރިވަރުންނަށް ދެވޭ އިތުރު ޢިނާޔަތްތަކުގެ ތެރޭގައި ދަނާލުގެ ޚިދުމަތާއި އަދި ރަށްރަށުގެ ދަރިވަރުންނަށް އަމިއްލަ ރަށް ނުވަތަ ސަރަޙައްދީ ކެންޕަހުގައި ކިޔެވުމުގެ ފުރުސަތު ލިބިގެން ދިއުން ހިމެނެއެވެ.