English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫގައި ހުންނަ ރޫޓް ފިހާރަ ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ އާއި ސިގިރެޓް ވަގަށް ނަގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ފިހާރަ ފަޅާލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ ފަތިހުކަމަށެވެ. މި މައްސަލަ އާއި ގުޅިގެން ވަގަށް ނަގާފައިވާ ފައިސާގެ އަދަދު އަދި މިހާތަނަށް ހާމަކޮށްފައި ނުވާއިރު، އެއްވެސް މީހަކު ހައްޔަރުކުރިކަން، ނުވަތަ ނޫންކަންވެސް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރޭ މަރަދޫ ރޫޓް ފިހާރައިން ވައްކަން ކޮށްފައިވާއިރު، ދާދި ފަހުން މާލޭގައި ހުންނަ ރޫޓް ފިހާރައިގެ ފައިސާތަކެއް ފޭރިގަންނަ ބަޔަކުވަނީ މަސައްކަތްކޮށްފައެވެ.

ފަހަކަށް އައިސް ފޭރުމާއި ވައްކަމުގެ މައްސަލަ އައްޑޫގައިވެސް އިތުރުވެފައިވާއިރު، މިފަދަ ކަންކަން ކުރާ މީހުންނަށް އެކަށީގެންވާ އަދަބު ނުދެވޭކަމަށް ބުނެ ރައްޔަތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.