English Edition
Dhivehi Edition

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގައި ރައީސްގެ މެންބަރުކަން ކުރެއްވި އާއިޝަތު ވެލެޒިނީ ދެ ހަފުތާ ތެރޭގައި ޕޮލިހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ވެލެޒިނީ ހާޒިރުވާން އެންގީ އޭނާއާ ގުޅޭ ގޮތުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ޖަވާބުދާރީވާން ކަމަށެވެ. ފުލުހުން ބުނީ ވެލެޒިނީ އަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނާއާ ސުވާލުކުރުމަށާއި ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާއުގައި ވާހަކަދައްކަން 14 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އެއީ ރާއްޖެއިން ބޭރުގައި އޭނާ ދިރިއުޅޭތީ ތަހުގީގަށް ހާޒިރު ނުކުރެވިގެން ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވެލިޒިނީ ހާޒިރު ނުވެއްޖެނަމަ އޭނާއަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް ވެލިޒިނީއަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ވާހަކަ އެ ބަޔާން މެދުވެރިކޮށް އަންގާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މިހާރު ނެދަލޭންޑްގެ، ހޭގްގައި ދިރިއުޅެމުން އަންނަ ވެލިޒިނީ އަންނަނީ ސޯޝިއަލް މީޑިއާގައި އިސްލާމް ދިނާ ހިލާފު ވާހަކަތައް ދައްކާ ރަސޫލު ކަމަށް ދައުވާކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި އުޅެމުން ވެލެޒިނީ ފޭސްބުކް ލައިވް މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯތަކެއްގައި އޭނާ ވަނީ ރަސޫލުންނާއި ކީރިތި ގުރުއާނާއި ސުވަރުގެ އާއި ނަރަކައާ ބެހޭ ގޮތުން ވާހަކަތަކެއް ދައްކައިފަ އެވެ. އެ ވާހަކަތަކުގައި އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފް ވަރަށް ގިނަ ވާހަކަތައް އޭނާ ވަނީ ދައްކައިފަ އެވެ. އެހެންކަމުން އޭނާ މުރުތައްދުވެފައިވާ މީހެއް ގޮތުގައި އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ. އޭނާގެ ފޭސްބުކް ޕްރޮފައިލްގައި ބުނާ ގޮތުން އޭނާ މިހާރު އުޅެނީ ނެދަލެންޑްސްގައި ރެފިއުޖީއެއްގެ ގޮތުގަ އެވެ.