English Edition
Dhivehi Edition

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެސިޓީ އަށް ބޯކޮށް ވާރޭ ވެހި އެސްޓީއޯ ފުށް ގުދަން ސަރަހައްދުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދުގައި ޕަމްޕް ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވަވައެވެ.

މިހާރު ކުރަމުން މިދާ ވިއްސާރައިގައި އުތުރާއި މެދު ރާއްޖޭތެެރޭގެ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އަންގާފައެވެ.

މެޓް އޮފީހުން ވަނީ ނ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކަށް ހެނދުނު 06:30 އިން ފެށިގެން މެންދުރު 12:00 އަށް ވައިޓް އެލާޓްވެސް ނެރެފައެވެ.