އައްޑޫ ސިޓީ ހުޅުދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމަށް އެދޭ ކަމަށެވެ. އެކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 21 ޑިސެމްބަރު 2020 ވާ ހޯމަ ދުވަހުން ފެށިގެން 27 ޑިސެމްބަރު 2020 ވާ އާދީއްތަ ދުވަހާއި ހަމަޔަށް ގަންނަން ލިބެން ހުންނާނެ ކަމަށާއި، ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300ރ. ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ކުރި އިޢުލާނުގައި ބުނެފައި ވެއެވެ.
ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ، އެ އިދާރާގެ ފައިނޭންސް ސެކްޝަނުގެ މެއިލްއަށް ([email protected]) ބިޑް ގަތުމަށް (ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) ) މެއިލްކޮށްދެއްވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 30 ޑިސެމްބަރު 2020 ވާ ބުދަ ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގައި އަދި ހުޅުދޫ އަވަށު އޮފީހުގައެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 21 ޑިސެމްބަރު 2020 ވާ ހޯމަ ދުވަހުން ފެށިގެން 28 ޑިސެމްބަރު 2020 ވާ ހޯމަ ދުވަހުގެ 12:00 އާއި ދެމެދު [email protected] އަށް މެއިލްކޮށްދެއްވުމަށް ކައުންިސލުން އެދެއެވެ. އެ މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 28 ޑިސެމްބަރު 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެ ކަމުގައިވެސް ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެ ކަމަށެވެ.