English Edition
Dhivehi Edition

ގއ.ވިލިނގިލީގައި ގާއިމްކޮށްފައި ހުންނަ އެސްޓިއޯ ފާމަސީއަށް ރޭގެވަގުތެއްގައި ބަޔަކު ވަދެ ގެއްލުން ދީފިއެވެ.

“އޭއޯ ނިއުސް”އަށް މައުލޫމާތުދެމުން ވިލިނގިލީ އެސްޓިއޯ ފާމަސީގެ މެނޭޖާރ އިސްހާގް ނިޒާރް ވިދާޅުވީ އެތަނުގެ ބިއްލޫރި ތަޅައިގެން އެތެރެއަށް ވަދެ އެކިވަރުގެ ގެއްލުން ދީދައިވާކަމަށެވެ. އަދި ދެދުވަހުގެ ލާރި ވެސް ކައުންޓާރގައި ހުންނާނެކަމަށާއި ވަގަށް ގެންގޮސްފައިވަނީ ކޮން އެއްޗެއް ކަމެއް އަދި ނޭނގޭ ކަމަށެވެ.

މިހާރު މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި ލިބުނު ގެއްލުންތަކުގެ ތަފްސީލް އިގޭނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށް އިސްހާގް މައުލޫމާތު ދިނެވެ.

ތަހުގީގު ނިމެންދެން އެސްޓިއޯ ފާމަސީގެ ހިދުމަތް ވަނީ ވަގުތީގޮތުން މެދު ކަނޑާފައެވެ.