English Edition
Dhivehi Edition

 

19/2018 ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ ބާޒާރު ބަންދުކުރަން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ފާސްކޮށްފި އެވެ.

އާ ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ ބާޒާރު ބަންދުކުރުމާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ނެގި ވޯޓު ގައި އިނގިރޭސި ޕްރިމިއާ ލީގުގެ 14 ކްލަބްތަކުން ޓްރާންސްޕާ ބާޒާރު އާއަހަރު ފެށުމުގެ ކުރިން ބަންދު ކުރަން ތާއިދުކޮށް މި ގަވާއިދު ފާސްކުރަން ވޯޓް ދީފައިވެއެވެ. މިކަމާ ދެކޮޅަށް ޕްރިމިއަލީގުގެ ގަދަ ބާރުގެ ގޮތުގައި ބެލެވޭ މެންޗެސްޓާ ޔުނައިޓެޑް އާއި މެންޗެސްޓާ ސިޓީ ވޯޓް ދީފައިވާއިރު ވަޓްފޯޑާއި ސްވަންސީ ސިޓީ އަދި ކްރިސްޓަލް ޕެލަސް އިން ވަނީ މި ގަވާއިދު ފާސްކުރުމާއި ދެކޮޅަށް ވޯޓްދީފައެވެ.

އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްގެ ޑިރެކްޓަރ ޖެނެރަލް ޖިސެއްޕޭ މަރޯޓާ ވިދާޅުވީ ޕްރިމިއާ ލީގުގެ ކުލަބުތަކުން މިގެނައި ބަދަލަށް ތާއީދުކުރައްވާ ކަމަށާއި އިޓާލިއަން ލީގުން ވެސް މި ބަދަލު ގެންނަން ތަން ފެންނަން ބޭނުންވާ ކަމަށެވެ.

މަރޯޓާ ވިދާޅުވީ ޕްރިމިއާ ލީގުން މިގެނައި ބަދަލު މުޅި ޔޫރަޕުގައި ނުގެންނަމަ އޭގެ އެންމެ ބޮޑު ފައިދާކުރާނެ ކަމަށް ނުބެލެބެ އެވެ. އެކަމަކު ޔުއެފާގެ ރައީސްގެ ތާއީދު މިކަމަށް އޮތް ވާހަކަ ވިދާޅުވެފައި އޮތުމުން މި ބަދަލު މުޅި ޔޫރަޕުން ފެނުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އަވަހަށް ޓްރާންސްފާ ބާޒާރު މިއަންނަ ސީޒަނުން ފެށިގެން ޕްރިމިއަލީގުގެ ކުލަބު ތަކުން ބަންދުކުރި ކަމުގައި ވީނަމަވެސް ފީފާގެ ގަވާއިދުތަކާ އެއްގޮތަށް ކްލަބްތަކަށް 12 ހަފުތާ ދިނުމުގެ ގޮތުން ޕްރިމިއާ ލީގުގެ ޓްރާންސްފާ ބާޒާރު އަވަހަށް މިއަންނަ ސީޒަންގައި ހުޅުވާލާނެ އެވެ.އަދި އޮގަސްޓް 31 ގައި ޔޫރަޕުގެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ކުޅުންތެރިން ވިއްކުމާއި އޯގަސްޓް 9 ވަނަ ދުވަހުގެ ކުރިން ކުޅުންތެރިން ގެނައުމުގެ ފުރުސަތު ޕްރިމިއާ ލީގުގެ ކްލަބްތަކަށް ވެސް ލިބިގެންދާނެއެވެ.