English Edition
Dhivehi Edition

އިނގިރޭސި ވިލާތުގެ ސައުތްހޭމްޓަންއަށް ކުޅޭ ނެދަލޭންޑްސް ޑިފެންޑަރ ވަރޖިލް ވެންޑައިކް އަންނަ ޖެނުއަރީ ޓްރާންސްފާގައި ޕްރިމިއަ ލީގުގެ ލިވަޕޫލް އާއި ގުޅެން އެއްބަސް ވެއްޖެއެވެ.

ވެންޑައިކް ލިވަޕޫލް އާއި ގުޅެން އެއްބަސް ވެފައިވަނީ ލިވަޕޫލް އާއި ވާދަވެރި ޗެލްސީ އާއި އިޓަލީގެ އިންޓަ މިލާނުން ވަރަށް ބޮޑަށް ވެންޑައިކް ގެންދަން މަސައްކަތް ކުރަނިށް ދުނިޔޭގެ ރިކޯޑް ފީއެއް ކަމުގައިވާ 75 މިލިއަން ޕައުންޑުގެ އަށެވެ. މީގެ ކުރިން ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ހުރި މެންޗެސްޓާ ސިޓީގެ ބެންޖަމިން މެންޑީއަށްވުރެ 23 މިލިއަން ޕައުންޑު ބޮޑު އަގެކެވެ.

ލިވަޕޫލްގެ ކޯޗުކަމާއި ކުލޮޕް ހަވާލުވި ފަހުން ލިވަޕޫލްއިން ވަނީ ގަވާއިދުން ނެދަލޭންޑްސް ގެ ގައުމީ ޓީމުން ޖާގަ ހޯދަމުންގެންދާ ވަރގިއަލް ވެންޑައިކްގެ ސޮއި ހޯދުމަށް މަސައްކަތް ކޮށްފައެވެ.

ވޭތުވެދިޔަ ޓުރާންސްފާ ސީޒަންގައިވެސް ލިވަޕޫލްއަށް ބަދަލުވުމަށް ސައުތުހެމްޓަންގެ ބޯޑުގައި އެދުނު ވެންޑައިކްގެ ޓުރާންސްފާ އޭރު ނިމިފައި ނުވަނީ ލިވަޕޫލް އާއި ސައުތުހެމްޓަން އާއި ދެމެދު ކުޅުންތެރިޔާގެ ގެ ޓްރާންސްފާ ފީ އަކާއި މެދު އެއްބަސް ވުމަކަށް އައިސްފައި ނުވުމުން ނެވެ.