English Edition
Dhivehi Edition

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަމުންދާ މީހަކު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އެގޮތުން ފުލުހުން މިއަދު ބުނީ ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުން ވަނީ ހދ. ކުޅުދުއްފުށި، ލަންދޫގެ، ޢަބްދުﷲ ޢިބްރާހީމް (36އ) ކަމަށެވެ.

މީގެ އިތުރުން އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އޭނާ ހާޒިރުވާން ޖެހެނީ 2020 ޑިސެމްބަރ 23 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށެވެ.