English Edition
Dhivehi Edition
ހިތަދޫ ޕޯޓް ލިމިޓެޑް - ފޮޓޯ: އެޗްޕީއެލް

ރާއްޖެއަށް މުދާ އެތެރެކޮށް، އައްޑޫ ސިޓީ ހިތަދޫ ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ މުދާތައް ނީލަމުގައި ވިއްކާލުމަށް ނިންމައިފިއެވެ.

ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުން ނީލަން ކިޔުމަށް ނިންމާފައިވާ މުދާތަކުގެ ތެރޭގައި ހިމެނެނީ ކާރާއި ސައިކަލުފަދަ އެއްގަމު އުޅަނދުތަކުގެ ބާވަތްތަކެވެ.

އެޗްޕީއެލް އިން ބުނީ ނީލަން ކިޔާ މުދާ ބަލަން ބޭނުންނަމަ، 08 ޑިސެންބަރު 2020 ވަނަދުވަހުން ފެށިގެން 15 ޑިސެންބަރު 2020 ވަނަ ދުވަހުގެ ނިޔަލަށް، އޮފީސް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށް މުދާ ބެލޭނެ ކަމަށެވެ. އަދި މުދާ ބަލަން ބޭނުންވާ ފަރާތްތަކުން މުދާ ބެލުމަށް ވަޑައިގަތުމުގެ ދެ ގަޑި އިރު ކުރިން މުދާބެލުމަށް އެދޭ ފޯމު ފުރިހަމަކޮށްގެން ނަން ނޯޓު ކުރުވަން ޖެހޭނެ ކަމަށްވެސް އިޢުލާނުގައި ވެއެވެ.

އެޗްޕީއެލް އިން ބުނީ އެ ނީލަމުގައި ބައިވެރިވެވޭނީ 16 ޑިސެންބަރ 2020 ވާ ބުދަަ ދުވަހުގެ 12:00 ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށް ކަމަށެވެ.

ނީލަން ކިޔުން އޮންނާނީ 17 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހު 14:00 ން ފެށިގެން ހިތަދޫ ޕޯޓް ލިމިޓެޑްގެ ހެޑް އޮފީހުގައެވެ.