English Edition
Dhivehi Edition

އެޓްލާންޓިކް ސަރަހައްދަށް މިހާތަނަށް އެރި އެންމެ ބޮޑު ތޫފާން ‘ހަރިކޭން އިރްމާ’ އިރުމަތީ ކޭރީބިއަން ރަށްތަކަށް މިއަދު އަރައިފިއެވެ.

ކެޓެގަރީ ފަހެއްގެ “ހަރީކޭން އިރްމާ”ގެ ސަބަބުން ވަނީ ވަރަށް ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ. މިތޫފާންގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ބާބުޑާ އައިލެންޑަށް ކަމަށް މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ. އަދި އެ ބާބުޑާ އައިލެންޑްގެ 95 އިންސައްތަ ހަލާކުވެފައިވާއިރު އެ ރަށުގައި ދިރުނޫޅެވޭ ވަރަށް ގެއްލުންތައް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކެރިބިއަން ރީޖަންގެ ބާބުޑާ ގެ އިތުރުން އެންޓީގާއަށްވެސް މިތޫފާނުގެ އަސަރުގެ ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ.

މިހާރު މި ތޫފާން ދަތުރުކުރަމުންދަނީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޕުއާޓަރިކޯ އަދި އެހިސާބާ ކައިރި ސަރަހައްދުތައް ކަމަށްވާ ޑޮމިނިކަން ރިޕަބްލިކާއި، ހެއިޓީ އަދި ވާޖިން އައިލެންޑްސް އާ ދިމާއަށެވެ. މި ތޫފާނުގެ އަސަރު ކިއުބާއަށް ވެސް ކުރާނެކަމަށް ވަނީ ބެލެވެން ފަށައިފައެވެ.