English Edition
Dhivehi Edition

ސަރުކާރުގެ ރަސްމީ ސިޓީތަކާއި، ނޯޓުތަކުގައި “ގެވެށި އަނިޔާ ހުއްޓުވާނަން” ޝިޢާރާއި “ގެވެށި ގުޅުން” ލޯގޯ ބޭނުންކުރުމަށް ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި ސަރުކާރުގެ ލިޔުންތަކުގައި ބޭނުންކުރުމަށް ނިންމައިފައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހިންގާ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ ކެމްޕޭނުގައި ބޭނުންކުރުމަށް ނިންމައިފައިވާ ލޯގޯ އާއި ޝިއާރު ކަމުގައެވެ.

ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ ކެމްޕޭނުގައި ބޭނުންކުރުމަށް ކަނޑައަޅުއްވާފައިވާ ޝިޢާރާއި ލޯގޯ ސަރުކާރުގެ ރަސްމީ ލިޔުންތަކުގައި ބޭނުން ކުރުމަށް ނިންމައިފައިވަނީ މިއަހަރުގެ ޑިސެމްބަރ 1 ވަަނަ ދުވަހުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ.