English Edition
Dhivehi Edition

އދ. ފެންފުށީގައި ގެއްލިގެން ހޯދަމުން ދިޔަ 4 އަހަރުގެ ފިރިހެން ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ ކަަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި އެ ކުއްޖާ ގެއްލިފައިވާ ކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 15:20 ހާއިރުއެވެ. އަދި އެކުއްޖާ ހޯދަމުން ދަނިކޮށް އެ ރަށު މޫދުން ފެނިގެން އެ ރަށުގެ ހެލްތް ސެންޓަރަށް ކުއްޖާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެ ކުއްޖާ ބެލި ޑޮކްޓަރާއި ހަވާލާދީ ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައް ފުލުހުން އަންނަނީ ބަލަމުންނެވެ.