English Edition
Dhivehi Edition

މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުންދޭ ރެހެންދި އެވޯޑު މިއަހަރު ހަތް ކަނބަލަކަށް ދީފިއެވެ. މިއަހަރު އެވޯޑު ހާސިލްކޮށްފައިވަނީ އިޖުތިމާއީ ދާއިރާ އިން ދެ މީހުން އަދި އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާއިން ފަސް މީހުންނެވެ.

މިއަހަރު ރެހެންދި އެވޯޑު ހާސިލް ކުރެއްވި ފަރާތްތައް:

– އިޖުތިމާޢީ ދާއިރާ

1- ފާތިމަތު އިބްރާހިމް ކާނިމާގެ، ޅ.ހިންނަވަރު

2- އަލްއުސްތާޛާ މަރްޔަމް ޝުނާނާ ހ.ވެލަސްފަރުގެ

– އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ އިން

3- ޙައްވާ ލަތީފް ހުޅުމާލެ ފްލެޓް 10-3-01

4- އާމިނަތު އަމީނާ ހަނދުވަރީގެ، ލ.ކުނަހަންދޫ

5- ޝިފްޒާ މުޞްޠަފާ އާސާނު، ޏ.ފުވައްމުލައް

6- ޢާއިޝަތު ޙުސައިން މަނިކު ހ.ރީނދޫކޮކާގެ

7- މިންހާ ފާއިޒު ރަޝާދު ހުޅުމާލެ ފްލެޓް 99-1-02

މި އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާފައި ވަނީ އެކަމަށްޓަކައި ޖެންޑާ މިނިސްޓްރީން އެކުލަވާލާފައިވާ ހާއްސަ ކޮމިޓީ އަކުންނެވެ. ކޮންމެ އަހަރަކުވެސް މި އެވޯޑު ހަވާލުކުރަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ރަސްމީ ޖަލްސާގައެވެ. ނަމަވެސް، ކޯވިޑް–19 ގެ ޙާލަތުގެ ސަބަބުން މި އަހަރުގެ އެވޯޑް ދިނުމުގެ ޙަފްލާ ވަނީ ފަސްކުރެވިފައެވެ.