English Edition
Dhivehi Edition
ކަސްޓަމްސް ބިލްޑިންގ - ފޮޓޯ: މުޙައްމަދު ޝަރުހާން

ދެ އަހަރުގެ ތެރޭގައި ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 54.07 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން އިއްޔެ އާންމުކުރި މަޢުލޫމާތަށް ބަލާއިރު، 17 ނޮވެންބަރު 2018 އިން 21 ޑިސެންބަރު 2018 އާއި ދެމެދު، ނުވަ މައްސަލައެއްގައި 9.08 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.

މީގެ އިތުރުން 2019 އަހަރުގެ ތެރޭގައި 55 މައްސަލައެއްގައި 37.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، މި ހިނގާ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެންބަރު 08 އާއި ހަމައަށް، ތަފާތު 20 މައްސަލައެއްގައި 6.49 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.

މި މަޢުލޫމާތަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައި ވަނީ 2019 ވަނަ އަހަރު އެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ، އަދި މިހާތަނަށް ޙައްލު ކުރެވިފައި ނުވާ މައްސަލައެކެވެ.