English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާދަމާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ، ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.

ކޯވިޑުގެ ޙާލަތާ ގުޅިގެން ޖުމްހޫރީ ދުވަހުގެ ޖަލްސާ މި އަހަރު ނުބާއްވާ ގޮތަށްވަނީ ހަމަޖައްސަވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ދެއްވުމަށް ނިންމަވާފައިވާ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުންވެސް މިހާރުވަނީ ފަސްކުރައްވާފައެވެ. ޤައުމީ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމަށް ޚާއްސަ ޖަލްސާއެއް އެކަށައަޅުއްވައި ޖަލްސާ ބާއްވާނެ ތާރީޚު، ފަހުން އިޢުލާނު ކުރައްވާނެކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.