English Edition
Dhivehi Edition
ފޮޓޯ: އިންޓަކޮންޓިނެންޓަލް މޯލްޑިވްސް

ކޮވިޑްް-9 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އާއި ޓޫރިޒަމް މިނިސްޓްރީއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ޓޫރިސްޓް ފެސިލިޓީތަކުން އަމަލު ކުރަމުންދޭތޯ ބެލުމަށް ‘މިސްޓްރީ ގެސްޓުން’ ތައާރަފުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އިން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން ‘މިސްޓްރީ ގެސްޓުން’ ޓޫރިސްޓް ފެސިލިޓީތަކަށް ގޮސް ކުރާ ތަޖުރިބާއަށް ބިނާކޮށް އެ ޓޫރިސްޓް ފެސިލިޓީއެއްގައި ގާއިމުކޮށްފައިވާ ސްޓޭންޑަޑް ޕްރޮސީޖަރ އާއި ގައިޑްލައިންއަށް އަމަލުކުރަމުންދާ މިންވަރާއި ފެންވަރު ޓޫރިޒަމް މިނިސްޓްރީ އަށް ރިޕޯތްކުރާނެއެވެ. އަދި އެ ގެސްޓުން ޓޫރިސްޓް ފެސިލިޓީތަކަށް ދިއުމަށް ބުކިންގ ހަދާނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިނުވެ އެ ގެސްޓުން އަމިއްލަ އަށް ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ހާމަކޮށްފައެެވެ،

އެ އިދާރާއިން ނެރުނު ނޫސްބަޔާނުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ‘މިސްޓްރީ ގެސްޓުން’ގެ ޕްރޮގްރާމްގެ އިތުރުން، ޓޫރިސްޓް ފެސިލިޓީތަކުން ސްޓޭންޑަޑް ޕްރޮސީޖަރ އާއި ގައިޑްލައިންއަށް އަމަލުކުރަމުންދާ ދެނެގަތުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުންވެސް ޓޫރިސްޓް ފެސިލިޓީތައް އިންސްޕެކްޓް ކުރަމުން ދާނެއެވެ.

މިނިސްޓްރީ އިން ހާމަކުރިގޮތުގައި ‘މިސްޓްރީ ގެސްޓް’ ޕްރޮގްރާމުގެ މަގުސަދަކީ ރައްޔިތުންނާއި، ޓޫރިސްޓް ފެސިލިޓީތަކުގެ މުވައްޒަފުން އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރު އެޅުމުގެ އިތުރުން އެޗް.ޕީ.އޭޭ އާއި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް، ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުން އަމަލުކުރަމުންދާ މިންވަރު ދަނެގަތުމެވެ.