English Edition
Dhivehi Edition
އެމްއެންޑީއެފްގެ ސިފައިންތަކެއް ތަމްރީނެއްގައި ބައިވެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

އަންނަ ހަފްތާގެ ތެރޭގައި އައްޑޫ ސިޓީގައި އެމްއެންޑީއެފްގެ އަސްކަރީ ތަމްރީންތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެމްއެންޑީއެފުން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް ނޮވެމްބަރ 11 އިން 12 އަށް، ކޮންމެ ދުވަހެއްގެ 10:00 އިން 16.00 އަށް ސ. ގަމުގެ ދެކުނުން 07 ނޯޓިކަލް މޭލު ބޭރުގައި ވައިގެ ސަރަހައްދު ބޭނުންކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެ އޮތޯރިޓީއަށް ވަނީ އަންގާފައިވާ ކަމަށެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް:

  • ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : މެޝިން ގަން ފަޔަރިން
  • ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 5000 މީޓަރ
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 100 މީޓަރ
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ސ. ގަމުގެ ދެކުނުން 07 މޭލު ބޭރުގައި

އެހެންކަމުން އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.