English Edition
Dhivehi Edition

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށްޓަކައި ރާއްޖެޓީވީން ހާއްސަ ޓެލެތޯންއެއް ބާއްވަން ނިންމައިފި އެވެ. 24 ގަޑިއިރު ވަންދެން މެދު ކެނޑުމެއް ނެތިކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓެލެތޯން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 8 ވާ ހުކުރު ދުވަހުގެ 2:30 ގައެވެ.

މި ޓެލެތޯން ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ހާލުގައި ޖެހެމުންދާ އެތައް ލައްކަ މުސްލިމުންނަށް އެހީވުން ކަމަށް ރާއްޖެޓީވީގެ މެނޭޖްމެންޓުންވަނީ ބުނެފައެވެ.އަދި މީ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ ސިފައިން ހިންގަމުން ގެންދާ ލާ އިންސާނީ އަނިޔާވެރި އަމަލު ތަކާއި ދެކޮޅު ހެދުމުގެ ގޮތުން ބާއްވާ ޓެލެތޯންއެއްކަމަށް ރާއްޖެޓީވީން ވަނީ ބުނެފައެވެ. މި ޓެލެތޯންއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޓެލެތޯންގެ ތެރެއިން އެފުރުޞަތު ހުޅުވާލާގޮތަށްވަނީ ހަމަޖެހިފައެވެ.

މިއަދުން ފެށިގެން މި ޓެލެތޯންގައި ބައިވެރިވެ ޕާޓްނަރުންނަށް ވުމުގެ ފުރުސަތު ކުންފުނިތަކަށާއި، ޖަމިއްޔާ ޖަމާއަތްތަކަށް ވަނީ ހުޅުވާލާފައެވެ.