English Edition
Dhivehi Edition

ގދ. ތިނަދޫގައި ހޯމް ކަރަންޓީނު އުސޫލުތަކާ ޚިލާފުވީ މީހަކު ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފިއެވެ.

އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޕޮލިސް މީޑިޔާ އޮފިޝަލް ވިދާޅުވީ 3 ނޮވެމްބަރ 2020 ވަނަ ދުވަހު ކޯޓު އަމުރު ދަށުން ހައްޔަރު ކޮށްފައިވަނީ ގދ.ތިނަދޫ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މީހާ އަކީ ހޯމް ކަރަންޓީނާއި ހިލާފު ވެގެން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ތިން ފަހަރު މަތިން ޖޫރިމަނާ ކޮށްފަައިވާ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަހަައްޓައިގެން ތަހުގީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީޤު ކުރަމުން ކަމުގައި ޕޮލިސް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.