ގދ. އަތޮޅު ކައުންސިލްގެ ބައެއް މެންބަރުންނާއި މުވައްޒަފުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ. އެ ބޭފުޅުންނަށް ހިތަދޫ ބަނދަރުން މަރުޙަބާ ދެންނެވީ އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަޞްރިފާއި ހިތަދޫ މެދުދާއިރާގެ ކައުންސިލަރ، ޖަމްޝީދާ މުޙައްމަދެވެ.
ގދ. އަތޮޅު ކައުންސިލުން އައްޑޫ ސިޓީ އަށް ކުރައްވާ މި ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ޓްރާންސްޕޯޓްގެ ޚިދުމަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާނެއެވެ. އަދި ހުޅުދޫ އާއި މީދޫ މިދެއަވަށުގެ އަވަށުއޮފީސްތަކަށް ވެސް ޒިޔާރަތްކުރައްވައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) އަށް ޒިޔާރަތްކުރައްވައި މައުލޫމާތު ހޯއްދަވާނެއެވެ.
ގދ. އަތޮޅު ކައުންސިލުން އައްޑޫ ސިޓީ އަށް ކުރައްވާ ތަޖުރިބާގެ މި ދަތުރު 10 ދުވަހުގެ މުއްދަތަކަށް ދެމިގެންދާނެއެވެ.