English Edition
Dhivehi Edition

މިނިވަން ޗެމްޕިއަން ޝިޕް 2017 ގެ ޒޯން8 ގެ ފައިނަލްގައި ކުޅުނު ފުރަތަމަ މެޗް ފޭދޫ އެފްސީ ކާމިޔާބުކޮށްފިއެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ފޭދޫން ހޯމް ދަނޑުގައި ކުޅުނު މެޗް ފޭދޫ އެފްސީ ކާމިޔާބުކުރީ ފުވައްމުލަކު ދޫޑިގަން ޓީމާއި ބައްދަލުކޮށް 5 ލަނޑު 2 ލަނޑުންނެވެ. ފޭދޫ އެފްސީގެ މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ އެކާވީސްވަނަ މިނިޓްގައި މައިކަލް އެ ޓީމަށް ކާމިޔާބުކޮށް ދިން އިރު އޭގެ ހަތަރު މިނިޓް ފަހުން މައިކަލްގެ ދެވަނަ ގޯލާ އެކު ފޭދޫ އެފްސީ އިން ވަނީ ފޯރިގަދަކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފްގައި ފޭދޫ ޑިފެންސްލައިން ފޫ އަޅުވާލުމަށްފަހު މެޗްގެ ނަތީޖާ ބަދަލުކޮށްލާނެ ގިނަ ފުރުސަތު ތަކެއް ދޫޑިގަން ޓީމަށް ވަނީ ލިބިފައެވެ. މި ގޮތުން މެޗްގެ ސާޅީސް އެއްވަނަ މިނިޓްގައި ޖޯހާ ޖެހި ގޯލާއެކު ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެ ލަނޑު އެއް ލަނޑުން ފޭދޫ ކުރީގައި އޮވެގެންނެވެ މެޗްގެ ދެވަނަ ހާފްގައި ފޭދޫ އިން ދޫޑިގަމު ޓީމައް އިތުރު ގޯލެއް ކާމިޔާބުވިޔަ ނުދީ ޓީމް ހަފަހައްޓާފައިވާ އިރު ފޭދޫ ޓީމުގެ އައްމަޓީ ޖެހި ދެ ލަނޑާއެކު އެ ޓީމުންވަނީ ހަތަރު ލަނޑުގެ ލީޑަކާއެކު ހަމަޖެހިލާފައެވެ. މެޗްގެ އަށްޑިހަ އެއްވަނަ މިނިޓްގައި ހުސެއިން ޝާމިން ފޭދޫ އެފްސީ އަށް ކާމިޔާބުކޮށްދިން ފަސް ވަނަ ލަނޑާއެކު ދޫޑިގަން ޓީމުން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް ގިނަ ހަމަލާތަކެއް ފޭދޫ އެފްސީގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ.މި ގޮތުން މެޗްގެ އިތުރު ވަގުތު ދޫޑިގަމު ޓީމުގެ ކަރިޔާ ވަނީ އެ ޓީމަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީފައެވެ. މި މުބާރާތުގައި ފޭދޫ ޓީމުން ދައްކަމުންދާ ކުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޓީމުގެ ކޯޗް ބައްޓޭ ބުނެފައިވަނީ ޓީމު ރަގަޅު ކުޅުމެއް ކުޅެ މިހާ ހިސާބަށް އާދެވުމުން ވަރަށް އުފާވާކަމަށެވެ. މި މުބާރާތުގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ މެޗް ދޫޑިގަމް ހޯމް ދަނޑުގައި 23 މެއި ގައި ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުން މޮޅުވުމަކީ ދެ ޓީމުގެ ވެސް އެންމެ ބޮޑު އުއްމީދުކަމުގައި ދެ ޓީމުންވެސް ވަނީ ބުނެފައެވެ.