English Edition
Dhivehi Edition
ދިވެހި މަސްދޯންޏެއް މަސްކަނޑުގައި މަސްބޭނުމުގައި

އެންދަމަން ނިކުމެ އުޅެނިކޮށް އައްޑޫގެ މަސްދޯންޏަކަށް، ބަޔަކު ތޫނު ހަތިޔާރު ހިފައިގެން އައިސް ހަމަލަ ދޭން އުޅެފިއެވެ.

ލ.ގަމާއި 11 މޭލު ބޭރުގައި އެންދަމަން އޮތް “ފަސްކުރި” ނަމަކަށް ކިޔާ މި ދޯންޏަށް ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރައި އެދޯނި ހައިޖެކް ކޮށްފައިވަނީ ރޭ ދަންވަރު 12:30 ހާ އިރު ކަމަށް ދޯނީގެ ފަޅުވެރިއަކު މައުލޫމާތު ދިނެވެ.

ގާތްގަނޑަކަށް ތިރީހަކަށް މީހުން އެ ދޯންޏަށް އަރައި ދޯނީގެ ކެޔޮޅަށް ބިރުދައްކައި ދޯނި ހައިޖެކްކޮށް ލ.ގަމަށް ވަނުމަށް ވަނީ އަންގާފައެވެ. ދޯނީގެ ފަޅުވެރިޔާ ބުނީ ފަޅަށް ކައިރި ކުރި އިރު ފުލުހުންގެ ވެހިކަލް އޮތްކަމަށާއި އަދި އެމީހުން ދޯނީގައި ތިބި މީހުންގެ ނަން ނޯޓުކޮށް ފޮނުވާލީ ކަމަށެވެ.

މި ހާދިސާ އާއި ގުޅޭ ގޮތުން އަދި ފުލުހުން ގެ ބަހެއް ލިބިފައެއް ނެތެވެ.