English Edition
Dhivehi Edition

ދިރާގު ޓީވީގެ ޕްރޮމޯޝަން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

އެގޮތުން ދިރާގުން ހާމަކުރާ ގޮތުގައި މިހާރު ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް އެންމެ 450 ރުފިޔާ އަށް ލިބިގެންދާނެއެވެ.

އެހެންކަމުން މިއީ ކަސްޓަމަރުންނަށް އެންމެ ފަހުގެ ފިލްމުތަކާ، ޑްރާމާ ތަކާއި، މުނިފޫހިފިލުވުމުގެ އެކި އެކި ޕްރޮގުރާމްތައް 100 އަށްވުރެ ގިނަ ޗެނަލުން ހެޔޮ އަގެއްގައި ބަލާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ދިރާގު ޓީވީގައި މިހާރު ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު ޓީވީ ޗެނަލްތައް ކަމަށްވާ ސްޓާ ގެ ޗެނަލްތަކާއި މުޅިން އާ ޒީ ގެ ޗެނަލްތައްވެސް ލިބޭނެއެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %73 ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ދިރާގު ޓީވީ ފޯރުކޮށްދީފައިއެވެ.

ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

1 ކޮމެންޓް
Dhiraag dheke foohivey meehaa
އޮކްޓޯބަރު 22, 2020
Ya dhiraag TV ge quality good rangalhu.ekamaku aa channel libey irah kureege huri konmeves 1channel eh kadaalaa ne