English Edition
Dhivehi Edition

ހުޅުމާލެ ޕޮލިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކާރެއް ބަލައިފާސްކޮށް، ބަނގުރާ ދަޅުތަކަކާއެކު ދެ މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެއިން މާލެއަށް ބަނގުރާ އުފުލާކަމަށް ލިބުނު މައުލޫމާތަކާ ޓްރެފިކް ޕޮލިސް އާއި ހުޅުމާލެ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން އެ ކާރު ހުއްޓުވާފައިވަނީ މި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ 22:07 އެހާކަންހާއިރު ހުޅުމާލެ ކޭލިގެމަތަ ބަސް ސްޓޮޕް ކައިރިން ކަމަށެވެ.

މީގެ އިތުރުން އެ ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު އެކާރުގެ ޑިކީ ތެރޭގައި ހުރި ކޫލް ބޮކްސް އެއްގެ ތެރެއިންނާއި ޑިކީ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން 72 ދަޅު ބިޔަރު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ހާމަކުރާ ގޮތުގައި މައްސަލައާ ގުޅިގެން 37 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެދެމީހުންނަކީވެސް ދިވެހިންނެވެ.