Mathee dharaja hoadhaa faraaiythakah dhevvaa khaassa inaamah 57 form hushahalhaafaivey - AO News
English Edition
Dhivehi Edition

Worldwide

  • 43,328,174confirmed
  • 31,900,636recovered
  • 10,268,529active
  • 1,159,009deaths

Maldives

  • 11,505confirmed
  • 10,524recovered
  • 944active
  • 37deaths

ކޮވިޑް 19 ކަވަރޭޖް

4 ހަފްތާ ކުރިން
28 އޮކްޓޫބަރު 2019: ޤައުމީ ދުވަހުގެ މުނާސަބަތުގައާއި، 2019 ވަނަ އަހަރުގެ ޤައުމީ އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް 57 ފޯމު ހުށަހަޅާފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ހުށަހެޅި ފަރާތްތައް އިނާމަށް ޝަރުޠު ހަމަވޭތޯ ބެލުމާއި، ފޯމުތައް ދިރާސާ ކުރުމުގެ މަސައްކަތް ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިހާރު ދަނީ ކުރަމުންނެވެ. ޚާއްޞަ އިނާމު މިއަހަރު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު 4 ގިންތިއަކުންނެވެ. ޚާއްޞަ އިނާމަށް މިއަހަރު ހުށަހެޅި 57 ފޯމު ހުށަހަޅާފައިވަނީ މިދެންނެވި 4 ގިންތީގެ ތެރެއިން 3 ގިންތިއަށެވެ.

Advt

Advertisement

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ޢިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފު ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލުކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިސްރާބު ކުރުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.