English Edition
Dhivehi Edition

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުން ބުނީ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށާއި، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

އެގޮތުން އެ މައްސަލައާއި ގުޅިގެން ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ އުމުރުން 59 އަހަރުގެ ޙަސަން ނިޒާރު، އަސަރީގެ/ތ. ތިމަރަފުށި (އައިޑީ ނަންބަރ: A251407) އެވެ. އޭނާ ފުލުހަށް ހާޒިރުކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށާއި، އޭނާ ހާޒިރުވާން ޖެހެނީ 03 އޮކްޓޯބަރު 2020 ވަނަ ދުވަހުގެ 10:00 އަށް ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނަށް ކަމަށްވެސް ފުލުހުން ހާމަކޮށްފައި ވެއެވެ.