English Edition
Dhivehi Edition

ޕިކަޕެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ އާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ހަނދުވަރީ ހިނގުމުން ދުއްވާފައިދިޔަ ޕިކަޕެއް ހުއްޓުވައި ބަލައި ފާސްކުރިއިރު 10 ޕެކެޓު ބަނގުރާ އާއި، 72 ފުޅި ބަނގުރާ އަދި 192 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މި ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ޕިކަޕު ހުއްޓުވަން ފުލުހުން މަސައްކަތްކުރުމުން، އޭގައި ތިބި ބިދޭސީން ފިލަން މަސައްކަތްކޮށް ފުލުހުންނަށް ހަމަލާދީފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. އަދި އެ މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ބަނގުލަދޭޝް ދެ ފިރިހެނުންނާއި 28 އަހަރު ފިރިހެނަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.