English Edition
Dhivehi Edition
ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބަޑި ޖެހުމަށް ބޭނުންކުރާ ރޭންޖު މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ޓްރެއިނިންތައް ހިންގަމުން އަންނަ ކ. ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބަޑި ޖެހުމަށް ބޭނުންކުރާ ރޭންޖު މަރާމަޓު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ގިރިފުށީގައި ބަޑި ޖެހުމަށް ބޭނުންކުރާ ރޭންޖު މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށުމަށް ރޭވިފައިވާ ޕްލޭނާ އެއްގޮތަށް، ރޭންޖު މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެ މަސައްކަތް ކުރިއަށްދާ މަންޒަރުގެ ފޮޓޯތަކެއްވެސް އެމްއެންޑީއެފުން ވަނީ ހިއްސާކޮށްފައެވެ.

ގިރިފުށި ޓްރެއިނިންގ ސެންޓަރުގެ ބަޑި ޖެހުމަށް ބޭނުންކުރާ ރޭންޖުގައި ބަޑި ޖެހުން ހުއްޓާލާފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ކުރީކޮޅުގަ އެވެ. އެއީ ގިރިފުށީގައި ލައިވް ވަޒަން ބޭނުންކޮށްގެން ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިން ޖެހި ވަޒަނެއް، އެ ސަރަޙައްދުގައި އޮތް ސަފާރީއެއްގައި ހުރި ފަތުރުވެރިއެއްގެ ގަޔަށް އެރުމާއި ގުޅިގެންނެވެ.

އެމްއެންޑީއެފުން ބުނީ އެ ރޭންޖުގެ ސަލާމަތީ މިންގަނޑުތައް އިތުރަށް ޤާއިމްކޮށް، މަރާމާތު ކުރަމުންދާ ކަމަށެވެ.