English Edition
Dhivehi Edition
ކާނަލް ރަޢޫފަށް އެޑްވައިޒަރުކަމުގެ ފަތްކޮޅު އަރުވަނީ - ފޮޓޯ: ޓްވިޓާ

ރާއްޖެއިން ބޭރުގެ ޤައުމަކަށް ކަނޑައެޅި ފުރަތަމަ ޑިފެންސް އެޑްވައިޒަރަކަށް، އެމްއެންޑީއެފްގެ ކާނަލް ޢަބްދުއްރައޫފް ހަމަޖައްސަވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ ޑިފެންސް އެޑްވައިޒުކަމުގެ މަސްއޫލިއްޔަތުތަކާއި ކާނަލް ރައޫފް ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން ޝަމާލް ވިދާޅުވީ ރާއްޖެއާއި މެލޭޝިއާ އާއި ދެމެދު އޮންނަ ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ބަދަހިކުރުމާއި، ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ޤާއިމްވެފައިވާ ޒަމާންވީ ވަރުގަދަ ގުޅުން އިތުރަށް ބިނާކުރުމަށް ކާނަލް ރައޫފް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެ މަޤާމަށް ކާނަލް ރައޫފް ޢައްޔަނުކުރެވިގެން ދިއުމާއެކު، ދެން ކާނަލް ރައޫފް ދިރިއުޅުއްވާނީ މެލޭޝިއާގައެވެ.