English Edition
Dhivehi Edition
އެމްއެންޑީއެފްގެ ލޯންޗެއް - ފޮޓޯ: އެމްއެންޑީއެފް

18 މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ 18 މީހުންނާއެކު މަސްވެރިކަމަށް ނިކުމެ އުޅުނު “ހަވާ-16” ނަމަކަށް ކިޔާ ދޯންޏެއް، ކ. މަނިޔާފުށި ކައިރީ އޮތް ފަރަކަށް އަރައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން ޙަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 20:30 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތު އަދި ލިބިފައި ނުވާއިރު، އެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.