English Edition
Dhivehi Edition

މޯލްޑިވްސް ޕޮލިސް ސަރވިސްގައި ވަޒީފާ އަދާކުރަމުންދިޔަ ޒުވާން ފުލުހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ފުލުހުން ރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޕޮލިސް ސާޖަންޓް ޝުޖާއު އަދުނާން (2100) ނިޔާވިކަމުގެ ޚަބަރު އެހީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ. އަދި ފުލުހުން ވަނީ ސާޖަންޓް ޝުޖާއު އަށް ހެޔޮ ދުޢާކޮށް، ޢާއިލާ އާއި ރަޙުމަތްތެރިންނަށް މި ދަތި ދަނޑިވަޅުގައި ކެތްތެރިކަން ދެއްވުން އެދި ތަޢުޒިޔާ ކިޔައިފައެވެ.

ރޭ ކުއްލި ގޮތަކަށް ނިޔާވި އުމުރުން 36 އަހަރުގެ ސާޖަންޓް ޝުޖާއު އަކީ ހއ. ދިއްދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ސާޖަންޓް ޝުޖާއުގެ ކަށު ނަމާދު ކޮށްފައި ވަނީ ރޭ ފަތިސް ނަމާދަށް ފަހު ދިއްދޫ ހުކުރު މިސްކިތުގައެވެ.