English Edition
Dhivehi Edition

ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ މާފަންނުގެ ގެއެއް ބަލައި ފާސްކޮށް ބިޔަރު ދަޅުތަކަކާއެކު ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މި ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މީގެ އިތުރުން އެ އޮޕަރޭޝަނުގައި މާފަންނު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު 240 ބިޔަރު ދަޅާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ބިޑި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ މައްސަލައާ ގުޅިގެން، 19 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 25 އަހަރު، 26 އަހަރު، 27 އަހަރު އަދި 28 އަަހަރުގެ މީހަކު ހައްޔަރުކޮށް، މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ހިނގާ ސެޕްޓެންބަރު މަހުގެ 02 ވަނަ ދުވަހުވެސް މާލެ ގެއަކުން 240 ބިޔަރު ދަޅާއެކު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.