English Edition
Dhivehi Edition

އައްޑޫސިޓީ މީދޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ “އައްޑޫ ޔޫތް ޗެލެންޖު 2020” އަންޑަރ20 ފުޓްބޯޅަ މުބާރާތަށް ފޯރމު ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރ ފަހެއް ކަމަށް އެ މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ.

“އޭ. ވައި. ސީ” އަކީ މުޅި އައްޑޫސިޓީ އަށް އަމާޒުކޮށްގެން ކުޅިވަރާއި އެކުވެރިކަމާއި ކުޅިވަރުގެރޫހު އާލާ ކުރުމަށްޓަކައި ކޮންމެ އަހަރަކު ބާއްވަން ހަމަޖައްސާފައިވާ މުބާރާތެކެވެ. މި މުބާރާތަކީ ހަމައެކަނި 20 އަހަރުންދަށުގެ ކުޅުންތެރިންނަށް ބާއްވާ މުބާރާތެވެ.

މި މުބާރާތުގައި ބައިވެރިވުމަށް މިހާރު ހުޅުވާލާފައިވާއިރު ފޭސްބުކްޕޭޖް “Addu Youth Challenge2020” އިން އިތުރު މައުލޫމާތު ލިބޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ތިރީަގއިވާ ލިންކުން ސަބްމިޓް ކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފު ކުރައްވަން ބޭނުން ނަމަ adduyc2020@gamil.com އަށް އީމެލް ކޮށްލެވޭ ނެއެވެ.

Officials’ Information Form: https://forms.gle/nd51iZ55JA6bBres7
Players’ Information Form: https://forms.gle/nMz6mgdyajFeEqho7

“އޭ. ވައި. ސީ” އަންޑަރ20 މުބާރާތް އިންތިޒާމް ކުރާފަރާތުން ބުނީ، މުބާރާތުގައި ބައިވެރި ވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި މުބާރަތުގެ އޯގަނައިޒިންގ ކޮމިޓީއިން ދޫކުރާ ފޯމް ފުރައި ކަނޑައެޅިފައިވާ ތާރީހަށް ފޯރމް ހުށަހަޅަންވާނެ ކަމަށެވެ.

މި ހިނގާ ސެޕްޓެމްބަރ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބަރާތުގެ ޗެމްޕިއަން ޓީމަށް 7000ރުފިޔާ ކަނޑައެޅިފައިވާ އިރު ރަނަރަޕް ޓީމަށް 3500 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.