Raajje aai Pakistan aa dhemedhu viyafaareege gulhunthah badhahi kurumaa gulhey gothun mashvaraa kohfi - AO News
English Edition
Dhivehi Edition

Worldwide

  • 43,328,174confirmed
  • 31,900,636recovered
  • 10,268,529active
  • 1,159,009deaths

Maldives

  • 11,505confirmed
  • 10,524recovered
  • 944active
  • 37deaths

ކޮވިޑް 19 ކަވަރޭޖް

2 މަސް ކުރިން
ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް އާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފި އެވެ.

އެގޮތުން މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް ހަވާލުވެ ވަޑައިގަންނަވާފައިވާތީ އެ ކަމަށް އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ބަދަހިވަމުންދާ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މިކަމުގެ ހަޤީޤަތަކީ ދެ ޤައުމަށް ވެސް ފައިދާވާ ކަންކަމުގައި އެކުގައި މަސައްކަތްކުރުމާއި، ދެ ޤައުމުގައި ވެސް އެއްގޮތް ސަޤާފަތެއް އޮތުންކަން ފާހަގަކުރައްވާފައެވެ.

Advt

Advertisement

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޕާކިސްތާނުގެ ސަފީރު ވަނީ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި މެދު މަޝްވަރާކުރައްވާފައެވެ. ހަމަ އެއާއެކު، ދެ ޤައުމުގެ ދެމެދުގައި ދޭދޭ ގުޅުން ބަދަހިކޮށް، ތަޢުލީމާއި ޞިއްޙީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، މީގެ އިތުރުން ވެސް އިތުރު ދާއިރާތަކުން ގުޅުންތައް ހަރުދަނާކުރަން މަސައްކަތް ކުރެއްވުމާއިމެދު ދެ ބޭފުޅުން ވެސް ވާހަކަފުޅު ދެއްކެވިއެވެ.

އެ ބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ ސަފީރު ވަނީ އެ ޤައުމުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން އަމަލު ކުރަމުންދާ އުސޫލުތަކަށް ތަޢުރީފު ކުރައްވާ، މި ހާލަތުގައި ޕާކިސްތާނުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ވެސް ޝުކުރު އަދާކުރައްވާފައެވެ. އަދި، ޕާކިސްތާނުގެ ސަފީރު ވަނީ މިހާލަތުން އަވަހަށް އަރައިގަނެވޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި، ރާއްޖޭގެ އިޤްޠިޞާދު، ވަކީން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާ އަލުން ކުރިއެރުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ.