English Edition
Dhivehi Edition

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ފަރާތުން އައްޑޫސިޓީ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުމަކީ ކައުންސިލަށް ކުރިން ލިބިދީފައިވާ ބާރުތުތަކުގެ ތެރެއިން ބިން ބިމާއި އިމާރާތްތަކުގެ އެންމެހައި ބާރުތައް ކައުންސިލަށް އޮތްއިރު ރައްކާކުރެވިފައިވާ ލިޔެކިޔުންތައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓަރަކްޗަރއާ ހަވާލުކުރުމުގައި ދެފާރާތުގެ ދެމެދުގައި އުފެދިފައިވާ ޚި ޔާލު ތަފާތުވުންތައް ހައްލުކުރުމަށް އެލް.ޖީ.އޭގެ ފަރާތުން ބޭއްވި ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި އެލް.ޖީ.އޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑިރެކްޓަރ ޖެނެރަލް ޝަމްޢޫން އާދަމް އާއި ލޯޔަރ އަލްއުސްތާޒު އަޙްމަދު ޝިހާދު އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ އާމިނަތު ޒިދްނާއެވެ.

ޤާނޫނު ނަންބަރު :2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވެނު އިޞްލާހާއި ގުޅިގެން، ސިޓީ ކައުންސިލްތަކުން ދެމުން ގެންދިޔަ ބައެއް ޚިދުމަތްތަކުގެ ތެރެއިން ބިންބިމާއި ޢިމާރާތްތަކުގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓަރަކްޗަރއަށް ވަނީ ބަދަލުކުރެވިފައެވެ.