English Edition
Dhivehi Edition
އިބްރާހީމް ޝަހީބު - ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރުގެ މަޤާމަށް، ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް، އިބްރާހިމް ޝަހީބު ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެގޮތަށް ފާސްވެފައި ވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާޤުންނެވެ.

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރުގެ މަޤާމަށް ޝަހީބު ޢައްޔަނުކުރުމުގެ މައްސަލަ ދިރާސާ ކޮށްފައި ވަނީ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. އެ ކޮމިޓީންވެސް ނިންމާފައި ވަނީ ޝަހީބު، އެ މަޤާމަށް ޢައްޔަނުކުރުމަށް ފެންނަ ކަމަށެވެ.

ޝަހީބު، އެ މަޤާމަށް ޢައްޔަނުކުރުމަށް ނިންމާފައި މިވަނީ އެ މަޤާމުގައި ކުރިން ހުންނެވި ޑރ. ޢަބްދުﷲ މައުސޫމް، ޓޫރިޒަމް މިނިސްޓަރު ކަމަށް ޢައްޔަނުކުރުމާއި ގުޅިގެންނެވެ.

ޚާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ ޝަހީބު، ފޮރިން މިނިސްޓްރީއާ އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ 1991 ވަނަ އަހަރު އެވެ. ޝަހީބު ވަނީ ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސް މަޤާމުތައްވެސް ފުރުއްވައިފައެވެ.