English Edition
Dhivehi Edition
އެމްޓީޑީސީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން - ފޮޓޯ: ޗޮޕާޓް (ޓްވިޓާ)

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހިއްސާގެ ފައިސާ އަންނަ އޮކްޓޯބަރ މަހުގެ ތެރޭގައި ދޫކުރަން ފަށާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އެމްޓީޑީސީން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ 2019 ވަނަ އަހަރުގެ އެ ކޯޕަރޭޝަންގެ ފައިދާއިން ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް 0.50 ރުފިޔާ ދޫކުރުމަށް އޮގަސްޓް 29 ވަނަ ދުވަހު ބޭއްވި އަހަރީ އާންމު ޖަލްސާއިން ފާސްވެފައިވާ ކަމަށެވެ. އެހެންކަމުން ހިއްސާގެ ފައިދާ ދޫކުރުމަށްޓަކައި ވާންޖެހޭ އިދާރީ އެންމެހައި މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެމްޓީޑީސީން ބުނީ 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާ 15 އޮކްޓޯބަރ 2020 ވަނަ ދުވަހުން ފެށިގެން އާންމުކޮށް ދޫކުރަމުން ގެންދާނެ ކަމަށެވެ.

އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބެހުމަށް އެ ކޯޕަރޭޝަންގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފައިވާއިރު، އެ ޖަލްސާގައި މި އަހަރަށް އެ ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ކޭޕީއެމްޖީ ކުންފުނި ވަނީ ހަމަޖައްސައިފަ އެވެ. އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލަިއން މީޓިން މެނޭޖްމަންޓް ސިސްޓަމް ކަމަށްވާ ފަހިވޯޓް މެދުވެރިކޮށެވެ.