English Edition
Dhivehi Edition
2017 ވަނަ އަހަރު ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ - ފޮޓޯ: އަވަސް

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޓީޑީސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ކޯޕަރޭޝަންގެ އަސާސީ ޤަވާއިދާ ހިންގާ ޤަވާއިދާ އަދި ރާއްޖޭގެ ޕަބްލިކް ކުންފުނިތަކުން އަމަލުކުރުމަށް ސީއެމްޑީއޭ އިން ކަނޑައަޅާފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑާއި އެއްގޮތްވާ ގޮތުގެ މަތިން އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރުމަށް ކަނޑައަޅާފައިވާ 05 ޑިރެކްޓަރުންގެ މަޤާމަާސް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުމާއި، މިނިވަން މުސްތަޤިއްލު ފަރާތަކަށްވުން ހިމެނެއެވެ. އަދި އެ ފަރާތަކީ އެމްޓީޑީސީގެ 50 ހިއްސާ އޮތް ހިއްސާދާރެއް ކަމުގައި ވުމާއެކު ތަޢުލީމީ އަދި ތަޖުރިބާގެ ޤާބިލްކަން ހުރި މީހެއް ކަމުގައިވާންވާނެ އެވެ.

އެ މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުގެ ޖޫން ޖުލައި 8 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، ފޯމު ފުރިހަމަކުރުމަށްފަހު [email protected] އަށް މެއިލްކުރަންވާނެ އެވެ. އަދި ސިޓީ އުރައިގައި ފޯމް ހުށަހަޅާ ފަރާތްތަކުގެ ފޯމް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށެވެ.

ޑިރެކްޓަރު ކަމަށް ކުރިމަތިލާ ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުކަމަށް އެންމެ އެކަށީގެންވާ ފަރާތްތައް ކޯޕަރޭޓް ގަވަނަންސް ކޯޑާއި އެއްގޮތްވާގޮތުގެ މަތީން އެމްޓީޑީސީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީއިން ހޮވުމަށްފަހު އެ ފަރާތްތަކުގެ މައުލޫމާތު އަހަރީ އާއްމު ޖަލްސާ ބޭއްވުމުގެ ކުރިން އާއްމުކުރާނެ ކަމަށް އެމްޓީޑީސީން ބުނެއެވެ.

އެ ފަރާތްތަކުގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް މީހުން ހޮވާނީ އަހަރީ އާންމު ޖަލްސާގައި ނަގާ ވޯޓަކުންނެވެ.