English Edition
Dhivehi Edition

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް20 އަދި ނޯޓް20 އަލްޓްރާ، ވަރަށް ޚާއްސަ އޮފާތަކާއެކު ޕްރީ ބުކް ކުރުމަށް އުރީދޫން ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ ޚާއްސަ އޮފާގެ ތެރެއިން ޕްރީ ބުކް ކުރައްވާ އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒް ގެ ފޯނަކާއެކު ކޮންމެ މަހަކު 12ޖީބީ ބޯނަސް ޑޭޓާ 6 މަސް ދުވަހަށް މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ޕްރީ އޯޑަރ ކުރައްވާ ކޮންމެ ސެމްސަންގް ގެލެކްސީ ނޯޓް20 އަލްޓްރާ އަކާއި އެކު ގެލެކްސީ ބަޑްސް ލައިވްއެއްވެސް މުޅިން ހިލޭ ލިބޭނެ ކަމަށާއި، ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒްގެ ފޯނެއް ޕްރީ ބުކް ކުރައްވާ އުރީދޫ ކަސްޓަމަރުންނަށް، މިހާރު ގެންގުޅުއްވާ ސިމް، އީސިމް އަކަށް އަޕްގްރޭޑްކުރުމުގެ ފުރުސަތުވެސް މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ.

ސެމްސަންގް ގެލެކްސީ ނޯޓްގެ މި އައު ފޯނުތަކަކީ ނިއު ނޯމަލް ގެ ހާލަތާ އެކަށޭނަގޮތަށް، މަސައްކަތްކުރުމުގައި އަދި މުނިފޫހިފިލުވުމުގައިވެސް ޕަވަރ ފޯނެއްގެ ގޮތުގައި ސެމްސަންގްއިން ވަނީ ސިފަކޮށްފައެވެ.

އުރީދޫން ސެމްސަންގް ގެލެކްސީ ނޯޓް 20ގެ މިސްޓިކް ބްރޮންޒް ކުލައިގެ 256 ޖީބީގެ ފޯނެއް 18،499ރ. އަށް ވިއްކުމަށް ނިންމާފައިވާއިރު، ސެމްސަންގް ގެލެކްސީ ނޯޓް 20 އަލްޓްރާގެ މިސްކިޓް ބްލެކް ކުލައިގެ 256 ޖީބީގެ ފޯނު ވިއްކުމަށް ހަމަޖެހިފައި ވަނީ 23،399ރ. އަށެވެ.

މިއަދު ޕްރީ ބުކް ކުރުމަށް ހުޅުވާލެވުނު ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒް ގެ މި ފޯނުތައް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ޕްރީބުކް ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެއެވެ.