English Edition
Dhivehi Edition

15 ފެބްރުއަރީ އިން ފެށިގެން އެންޒީއިން ކުރިއަށް ގެންދާ “އެންޒީ ވަރަށް ފައްކާ” މަސްދަޅު ޕްރޮމޯޝަންގެ އޭޕްރިލް، މެއި، ޖޫން އަދި ޖުލައި މަހުގެ ލަކީ ޑްރޯގެ ނަސީބުވެރިން ރޭ ހޮވައިފި އެވެ.

ކުރީގައި ރޭވިފައިވާ ގޮތުން ޕްރޮމޯޝަންގެ މުއްދަތަކީ 15 ފެބްރުއަރީ އިން 31 ޖުލައި މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް ޕްރޮމޯޝަންއަށް ލިބެމުންދާ ތަރުޙީބުގެ ބޮޑު ކަމުން މިހާރު ޕްރޮމޯޝަންގެ މުއްދަތުވަނީ 31 ޑިސެމްބަރާއި ހަމައަށް އިތުރުކޮށްފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

މާރޗް މަހުގެ ލަކީ ޑްރޯގެ ނަސީބުވެރިންނަށް ފައިސާގެ އިނާމުވަނީ މިހާރު ހަވާލުކޮށްފައިވާއިރު، އޭޕްރިލް މަހުން ފެށިގެން ލަކީ ޑްރޯ ނެގުން ލަސްވެފައިވަނީ ކޮވިޑްގެ ސަބަބުން ކަމުގައި އެންޒީން ބުނެއެވެ.

އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން ލޭބަލް ޖަހާފައިވާ މަސްދަޅެއް ބައްލަވައިގެން ލޭބަލް ކޮޅު ނައްޓާލެއްވުމަށްފަހު ލޭބަލްގެ އެތެރޭގައިވާ ސީރިއަލް ނަންބަރު 5040 އަށް އެސް އެމް އެސް ކުރެއްވުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ކޮންމެ މަހަކު ހޮވޭ ލަކީ ޑްރޯއިން 3 ފަރާތަކަށް ފައިސާގެ އިނާމު ލިބިގެން ދާނެއެވެ. އެގޮތުން ތިން ވަނައަށް 1،000ރ. އަދި ދެވަނައަށް 5،000ރ. ދިނުމަށް ހަމަޖެހިފައިވާއިރު، އެއްވަނައަށް ދާ ފަރާތަކަށް 10،000ރ. ލިބޭނެއެވެ.

މީގެ އިތުރުން 15 ފެބްރުއަރީ 2020 އާއި 31 ޑިސެމްބަރ 2020 އާ ދެމެދު އެސްއެމްއެސް ކުރައްވާފައިވާ ހުރިހާ ބޭފުޅުންގެ މެދުގައި ގްރޭންޑް ލަކީ ޑްރޯއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ގްރޭންޑް ލަކީ ޑްރޯގެ ނަސީބުވެރި 3 ފަރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި 30،000ރ ،50،000ރ، 100،000ރ، ލިބިގެންދާނެއެވެ.

ޓެގު