ENZI in geygeah dhalhumas gengos dhinun mulhin hiley hamajassanee - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

އެންޒީއިން މިހާރުވެސް ކުރިއަށް ގެންދާ “އެންޒީ ވަރަށް ފައްކާ” ޕްރޮމޯޝަންއާއި ގުޅުވައިގެން ރޯދަމަހަށް ޚާއްސަ އާ ޕްރޮމޯޝަންއެއް  ފަށަން ނިންމައިފިއެވެ.

މިހާރު ކޮންމެ ބޭފުޅަކުވެސް ބޭނުންފުޅުވާނީ އެބޭފުޅެއްގެ ޑޯ ސްޓެޕަށް ޚިދުމަތް ފޯރުކޮށްދިނުންކަމަށްވާތީ އެންޒީ އިން 7 މާރޗް އިން ފެށިގެން، ގޭގެއަށް ދަޅުމަސް ހިލޭ ޑެލިވާރ ކުރުމުގެ ޙިދުމަތް ފެށުމަށްވަނީ ހަމަޖެހިފައެވެ.

ދަޅު މަހަކީ ރޯދަމަހު ދިވެހިން  އެންމެ ގިނައިން ބޭނުން ކުރައްވާ އެއް ޕްރޮޑަކްޓް ކަމަށްވެފައި ކަސްޓަމަރުންގެ ވަގުތު ސަލާމަތްކޮށްދީ ގޭގައި ތިބެގެން ޕްރޮޑަކްޓް މާލެ އަދި ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅުންނަށް ފޯރުކޮށްދިނުމަކީ އެސްޒީ އިން މި ފަށާ ޕްރޮމޯޝަން ގެ މައިގަނޑު މަޤްސަދެވެ.  މި ޕްރޮމޯޝަން ގެ ދަށުން ޑެލިވާރ ކުރާނީ “އެންޒީ ވަރަށް ފައްކާ” ޕްރޮމޯޝަން ލޭބަލް ޖަހާފައިވާ މަސްދަޅެވެ. އެހެންކަމުން ކޮންމެ ބޭފުޅަކަށްވެސް އިތުރު ފައިދާއެއް މި ޕްރޮމޯޝަނާއެކު  ލިބިގެންދާނެ ކަމަށް އެންޒީ އިން ވިދާޅުވެއެވެ.

އެންޒީއިން ކުރިއަށް ގެންދާ އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން ގައި މަސްދަޅުގެ ލޭބަލްކޮޅު ދަޅުން ނައްޓާ ލެއްވުމަށްފަހު ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަމްބަރ 5040 ކަށް މެސެޖް ކޮށްލެއްވުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ މަހަކު ގުރުއަތު ނެގުމަށްފެހު ފައިސާގެ އިނާމުގެ ގޮތުގައި 1،000ރ ،5،000ރ،10،000ރ ނަސީބުވެރި 3 ފަރާތަކަށް ލިބިގެންދާނެއެވެ. އަދި 15 ފެބްރުވަރީ އިން 31 ޖުލައި، މި މުއްދަތުގެ ތެރޭގައި އެސް އެމް އެސް ކުރައްވާފައިވާ ހުރިހާ ބޭފުޅުންގެ މެދުގައި ގްރޭންޑް ލަކީ ޑްރޯއެއް ނެގިގެންދާނެއެވެ. މި ލަކީ ޑްރޯއަށް  ފައިސާގެ އިނާމުގެ ގޮތުގައި30،000ރ، 50،000ރ، 100،000ރ، 3 ފަރާތަކަށް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން އެންމެ މަދުވެގެން 13 މަސްދަޅު ބައްލަވައިގަންނަވާނަމަ ހޮނިހިރު ދުވަހު ފަށާ ޕްރޮމޯޝަނާއެކު  ފްރީ ޑެލިވަރީގެ ޙިދުމަތް ލިބިގެންދާނެއެވެ. އޯޑަރ ދެއްވުމަށް އެންޒީގެ ހޮޓްލައިން 7248899  (މާލޭގެ ކަސްޓަމަރުން) އަދި  7258899 (ހުޅުމާލޭގެ ކަސްޓަމަރުން) އަށް ހެނދުނު 0830 އާއި ހަވީރު 1600 ދެމެދު ގުޅުއްވުމަށްފަހު ބޭނުންފުޅުވާ އަދަދާއި ބާވަތް (ފެން/ތެޔޮ)، އެޑްރެސް އަދި ގުޅޭނެ ނަމްބަރު ދެއްވުމަށްފަހު ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްލިކޭޝަން ނުވަތަ އޮންލައިން ޕޭމަންޓްގެ ޙިދުމަތް މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. އޯޑަރު ނަގައި ފައިސާ ޖަމާކުރިކަން ޔަގީން ކުރުމަށްފަހު ޖެހިގެން އަންނަ ދުވަހު އެންޒީގެ  ޑެލިވަރީ ޓީމް އެ ޕްރޮޑަކްޓް އެޑްރެސްއަށް ފޯރުކޮށްދޭނެއެވެ.

ކުރިއަށް އޮތް ރޯދަ މަހާއި ދިމާކޮށްވެސް އެންޒީ އިން ވަނީ ޚާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.

އޭގެ އިތުރުން މި ފެށޭ ހަފްތާގެ ތެރޭގައި އެންޒީގެ ސޭލްސް ޓީމް ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް “އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން “ލޭބަލް ޖަހާފައިވާ ދަޅުމަސް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

ރޯދަ ޕްރޮމޯޝަންއާއި އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގެ އިތުރު މަޢުލޫމާތު އަދި ސޭލްސް ޓީމްގެ މެމްބަރުން ޒިޔާރަތްކުރާ ރަށްތަކުގެ މަޢުލޫމާތު އެންޒީގެ ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެއެވެ.