English Edition
Dhivehi Edition

މޯލްޑިވްސް ޔަންގް ޕީސް ބިލްޑާރސް ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިހިނގާ އޮގަސްޓް މަހުގެ 15 ވާ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 2 ން ހަވީރު 5.30 އަށް ޒޫމް މެދުވެރިކޮށް ބާއްވާ ވާޗުއަލް ސެމިނާގައި 15 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ބައިވެރި ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

100 އަށް ވުރެ ގިނަ ބައިވެރިންނާއެކު ބޭއްވޭ މި ސެމިނާ ގައި ބަޙުޘު ކުރެވޭ މައުޟޫޢު ތަކުގެ ތެރޭގައި ބަލިމަޑުކަމެއް ފެތުރެމުންދާ މިދަނޑިވަޅު ޤައުމު ބިނާކޮށް މިކަމުން އަރައިގަތުމުގައި ޒުވާނުންގެ ދައުރާއި ފަރުދުންގެ މެދުގައި ސުލްޙަ މަސަލަސްކަން ގެންނާނެ ގޮތާއި ޙިކްމަތްތެރިކަމާއެކު ކަންކަން ޙައްލު ކުރާނެ ގޮތް ދަސްކޮށްދިނުމުގެ އިތުރުން ކޮވިޑް 19 ގެ މިޙާލަތުގައި ޒުވާނުންނަށް އަދާ ކުރެވިދާނެ ދައުރާއި އަދި ދިމާވާ މައްސަލަތައް ގުޅިގެން އެކުއެކީ ޙައްލު ކުރުމަށް މަސައްކަތް ކުރާނެ ގޮތާއި ބެހޭގޮތުން ޚިޔާލު ބަދަލު ކުރެވޭނެއެވެ.

މޯލްޑިވްސް ޔަންގް ޕީސް ބިލްޑާސް ސަމިޓްގައި ކީނޯޓު ސްޕީކަރުންގެ ގޮތުގައި ޤައުމީ ފެންވަރުގައި ހޮވާލެވޭ ޢިލްމީ އަދި ފަންނީ ބޭފުޅުން ބައިވެރިވާއިރު އޭގެ ތެރޭގައި އެމްޕަވަރިންގ އޯލްގެ ފައުންޑަރ މަސްއޫދު ޢަލީ، ދަމާސް ކޮމްޕެނީ ކޫ މުޙައްމަދު ޝިހާބު،ސޭފް އެންޖީއޯގެ ރައީސް މުޙައްމަދު ރާޝިދު، ހެޕީ މާކެޓް ގެ ސީއީއޯ ޢަލީ އިޙްސާން ، ޓްރެއިނާރ ޢަލީ އަދީބު، ލެކްޗަރަރ ޢައިޝަތު ނީލަމް، އަދި ރަފީގެ ރައީސާ ޢައިޝަތު ރަފިއްޔާ ހިމެނެއެވެ.

މިސަމިޓްގެ ހޮސްޓުންގެ ގޮތުގައި ބައިވެރިވަނީ ހިރިޔާ ސްކޫލްގެ ދަރިވަރު އަޙްމަދު އަލާއު އިސްމާޢީލް އާއި އައްޑޫ ހައި ސްކޫލްގެ ދަރިވަރު މައިޟާއު މުމްތާޒު ޙުސެއިން އެވެ. ބައިނަލްއަޤްވާނީ ފެންވަރުގައި ޒުވާން ލީޑަރުން އުފައްދައި މީހުން ބިނާކޮށް މިރޮނގުން ޒުވާނުން ހޭލުންތެރި ކުރުމަށް ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭ ކާމިޔާބު ގިނަ ޙަރަކާތްތަކެއް ހިންގާފައިވާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރ ޔޫތު، ” ރަފީ” އިން އިންތިޒާމް ކޮށްގެން ބާއްވާ މި ސަމިޓްގައި ބައިވެރިވާ ފަރާތްތަކަށް އީ ސެޓްފިކެޓެއް ލިބޭނެއެވެ. 100 ބައިވެރިންނާއެކު ބާއްވާ މި ސަމިޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ލިންކްގައި ވާ ފޯމްފުރުމަށް ރަފީ އިން އެދިފައިވެއެވެ.

https://forms.gle/H5r3jtD98oN8nvrCA