English Edition
Dhivehi Edition

ޒަމާނީ ފެޝަނާއެކު ނިޔަފަތި ދިގުކުރުމަކީ ދެ ޖިންސުގެ މީހުންވެސް އާންމުކޮށް ކޮށްއުޅޭ ކަމެކެވެ. ނިޔަފަތީގައި ފާޑުފާޑުގެ ކުލަޖެއްސުމާއި، ޑިޒައިން ހެދުމަކީވެސް ފަހަކަށް އައިސް ފެންނަ ފެޝަނެކެވެ. ނިޔަފަތި ރީތިކޮށް ބެހެއްޓުމަކީ ގިނަ ބަޔަކު ހާއްސަ ސަމާލުކަމެއް ދޭ ކަމަކަށް ވާއިރު ބައެއް ފަހަރު ނިޔަފަތީގައި ރިދޫކުލައެއް ޖެހުމާއި ނިޔަފަތި ފީވުމަކީ މަދުން ނަމަވެސް ދިމާވާ މައްސަލައެކެވެ. ނިޔަފަތީގައި ރީދޫ ކުލަޖެހުމުން ގިނަ މީހުން ކިއުޓެކްސް އިން އެ ރީދޫކުލަ ފޮރުވާލާއިރު މިކަމަށް ދާއިމީ ހައްލެއް ހޯދުމަކީ ވަރަށް ފަސޭހަކަމެކެވެ.

ދަތްއުގުޅާ ބޭސް: ދަތްއުގުޅާ ބޭހަކީ ހަމައެކަނި ދަތް ރީތިކޮށް ހުދުކޮށްލާ އެއްޗެއް ނޫނެވެ. މިއީ ވަރަށް ގިނަ ކަންކަމަށް ބޭނުންކުރެވޭ މޮޅު ހައްލެކެވެ. މި ގޮތުން ނިޔަފަތުގައި ރީދޫކުލަ ހުންނަ ނަމަ ދަތްއުގުޅާ ބުރުހެއްގައި ބޭސްކޮޅެއް އުގުޅުމަށްފަހު މަދުވެގެން ފަސް މިނިޓްވަންދެން ނިޔަފަތީގައި ސްކްރަބްކޮށްލާށެވެ. ކޮންމެ ހަފްތާއަކު އެއް ފަހަރު މި ގޮތަށް އަމަލުކުރާނަމަ ނަތީޖާ ފެންނާނެކަން ޔަގީނެވެ.

20 Brilliant But Little-Known Uses For Ordinary Old Toothpaste

ލުބޯ: ލުބޯއަކީ ނިޔަފަތީގައި ހުންނަ ރީދޫ ކުލަ ފިލުވާލުމަށް ދެވޭނެ އެންމެ ފަސޭހަ ގުދުރަތީ އެއް ފަރުވާއެވެ. ކޮންމެ ހަފްތާއަކު އެއް ފަހަރު ފަނަރަ މިނިޓް ވަންދެން ލިބޯ ފޮއްޗަކުން ނިޔަފަތީގައި އުގުޅާށެވެ. މި ގޮތަށް ފަނަރަ މިނިޓްވުމުން، ސައިބޯނި ލައިގެން ރަގަޅަށް އަތް ދޮވެލާށެވެ.

10 Natural Beauty Solutions

އެޕަލް ސިޑަރ ވިނެގަރ(އާފަލު ރާހުތް): އެޕަލް ސިޑަރ ވިނެގަރ އަކީ ފަންގަލް އިންފެކްޝަންތަކުން ރައްކާތެރިކޮށްދޭ މޮޅު ފަރުވާއެކެވެ. މި ގޮތުން ކޮންމެ ހަފްތާއަކު އެއްފަހަރު ތާޒާ ފެނުގެ ތެރެއަށް 02 ސަމުސާ އެޕަލް ސިޑަރ ވިނެގަރ އެޅުމަށްފަހު ފަނަރަ މިނިޓްވަންދެން އަތް ފެނުގެ ތެރެއަށް ލާށެވެ. ފަރުވާތެރިކަމާއެކު ގަވައިދުން މިކަން ކުރާނަމަ އަތުގެ ނިޔަފަތިތަކުގެ އިތުރުން އަތްތިލައަށްވެސް ފައިދާ ކުރާނެއެވެ.

ޓެގު