English Edition
Dhivehi Edition

ޒަމާން ބަދަލުވަމުން އައިސް ރީތިވުމަށް ބޭނުންކުރާ ޕްރޮޑަކްޓްތަކުގެ ބްރޭންޑް ތައްވެސް ގިނަވެއްޖެއެވެ. ދަތް އުނގުޅާ ބޭހުގެވެސް އެތައްބައިވަރު ބްރޭންޑްތައް ބާޒާރުގައި ހުރެއެވެ. އެގޮތުން ‘ސޯލްޓް” އެކުލެވޭ ބޭހާއި ވައިޓްނިންގ ޖެލް، މިންޓް އަދި ހާބްސް އެކުލެވޭ ދަތް އުނގުޅާ ބެސް ބާޒާރުގައިލިބެން ހުރެއެވެ. އެހެން ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ ދަތް އުނގުޅާބޭހުން ދަތަށް ކުރާފައިދާ އެއްގެ ވާހަކައެއް ނޫނެވެ. ތިޔައިގެތެރެއިން ކިތައް ބޭފުޅުންނަށްތޯ އެނގިލައްވަނީ ދަތް އުޅުގާ “ވައިޓް” ޕޭސްޓް އަކީ ބިއުޓީ ޕްރޮޑަކްޓެއް ގެ ގޮތުގައި ހަންގަނޑު ރީތިކޮށް ލަން ބޭނުން ކޮށްލަން ވަރަށް މޮޅު އެއްޗެއްކަން ؟

ތިރީގައި މިވަނީ ދަތްއުނގުޅާ ބޭސް ބޭނުން ކޮށްގެން ހަންގަނޑު ރީތިކޮށްލެވިދާނެ ހަތަރު ގޮތެއް:

1- ތާފަނާ ފެންފޮދަކުން މޫނު ރީއްޗަށް ދޮވެލާށެވެ. އެއަށްފަހު މޫނާއި ކަރުގައި ދަތްއުނގުޅާބޭސް އުނގުޅާފައި 15 މިނެޓް ވަންދެން ބަހައްޓާށެވެ. ބޭހުގައި ހިމެނޭ ހާބަލް މާއްދާތަކުން ހަންގަނޑުގައި ހުންނަ ލޯވަޅުތައް ބެދި ހަންގަނޑު ބާރުކޮށްދީ އޮމާން ކޮށްދޭނެއެވެ.

ނޯޓް: މިދެންނެވި ކަންތައް ރަނގަޅު ކުރުމަށް އެންމެ ރަނގަޅީ ކަރަންފޫ އަދި މާމުއި ހިމެނޭ ދަތްއުނގުޅާ ބޭސް ބޭނުން ކުރުމުންނެވެ.

2- ނޭފަތުގައި ޕޭސްޓް އުނގުޅާލާށެވެ. އެއަށްފަހު ދަތް އުނގުޅާ ބުރުހެއް ތެންމާލުމަށްފަހު ވަށް ބުރަަކަށް ވާގޮޮތަށް ނޭފަތް މަސާޖް ކުރަމުން ގެންދާށެވެ. އިރުކޮޅަކަށް މަސާޖް ކުރުމަށްފަހު ދޮވެލާށެވެ. މިގޮތަށް ހެދުމުން ނޭފަތުގައި ހުންނަ ވައިޓްހެޑް އަދި ބްލެކްހެޑް ތައް ފިލައިގެންދާނެއެވެ.

3- ވައިޓްނިންގ ޓޫތްޕޭސްޓް ތައްޓަކަށް އަޅާލުމަށްފަހު އޭގެތެރެއަށް އެއްލިނބޯ ފިއްތާލާށެވެ. އެއަށްފަހު މޫނު،ކަރު ،އަތް އަދި ފައިގައި އުނގުޅާފައި 30 މިނެޓްވަންދެން ބެހެއްޓުމަށް ފަހު ދޮވެލާށެވެ. ތިންދުވަސް ވަންދެން މި ޕޭސްޓް ބޭނުން ކޮށްލުމުން ހަންގަނޑު ގެ ކުލަ އަލިވެގެންދާނެއެވެ.

4- ދަތްއުނގުޅާ ބޭސް ނިޔަފަތި ތަކުގައި އުނގުޅާށެވެ. އަދި ބުރުހަކުން 3 މިނެޓްވަންދެން މަސާޖް ކޮށްލުމަށްފަހު ދޮވެލާށެވެ. މިގޮތަށް ހެދުމުން ނިޔަފަތިތައް ސާފުވެ އޮމާންވާނެއެވެ.