English Edition
Dhivehi Edition

ވިލާ އެއާގެ ފްލައިމީގައި މަސައްކަތް ކުރާ, އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާން ޕައިލެޓަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ރޭ ފަތިހު ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެ ކައިރީ، ނިޔާވެފައި އޮއްވައި ފެނުނީ ސ. ހިތަދޫ، ކޯޒްވޭ ވިލާ، ސަނޫން ނަސީރެވެ. ‘އޭއޯ ނިއުސް’އަށް މައުލޫމާތު ލިބިފައިވާ ގޮތުން ރޭ ދަންވަރު ސަނޫންގެ ހަބަރެއް ނުވެގެން އޭނާގެ އަންހެނުންނާއި އާއިލާއިން ވަނީ ވަރަށް ގިނަ ފަހަރު އޭނާއަށް ގުޅާފައެވެ. އަދި މިއަދު ފަތިހު ގޭ ދޮރުމަތީގައި ސަނޫން ވެއްޓިފައި އޮއްވާ ފެނިފައިވާއިރު އެ ވަގުތު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ،

މި ކަމާއި ގުޅިގެން އަދި ފުލުހުންނާއި ހޮސްޕިޓަލްގެ ބަހެއް ލިބިފައިނުވާއިރު ސަނޫނަށް ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ވަނީ ޓެސްޓް ހަދައިފަ އެވެ. އެހެންނަމަވެސް އަދި ސަނޫންގެ ނަތީޖާ ލިބިފައެއް ނުވެއެވެ.

އާއިލާ އާއި އެކު ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ސަނޫން ނިޔާވިއިރު އަންބަކާއި ދަރިއަކު އެބަހުއްޓެވެ.