English Edition
Dhivehi Edition
OLYMPUS DIGITAL CAMERA

ލިޔުނީ: މުހައްމަދު ހިޛްޔަމް: ޝަމްސުއްދީން ސްކޫލް:

ޛުލް ޙިއްޖާ މަސް އަހަރެމެންނާ ބައްދަލު ކުރީ އަހަރުގެ އެންމެ މާތް ދިހަ ދުވަހާ އެކުއެވެ. އެހެނީ، މި ދިހަ ދުވަސް ޚާއްސަ ކަމުން، ޚުދު ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ޤުރުއާނުގައި މި ދުވަހާ ބެހޭ ގޮތުން ގަންދީ ވަހީ ކުރައްވާފައެވެ. އެެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. ” ދިހަ ރޭ ގަންދެއްވަމެވެ” އެބަހީ (ޛުލް ޙިއްޖާ މަހުގެ ދިހަ ރޭ ގަންދެއްވަމެވެ -89:2)

އަހަރެމެންގެ ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގައި އައިސްފައި ވެއެވެ. ” (ޛުލް ޙިއްޖާ މަހުގެ) ދިހަ ދުވަހުގައި ﷲގެ ހަޟްރަތުގައި އަޅުކަން ލޮބުވެތިވެގެން ވާ ފަދަ އެހެން ދުވަހެއް ނުވެއެވެ. ” (ބުޚާރީ)

އެހެން ކަމުން މި މާތް ދުވަސްތަކުގެ ބޭނުން އޭގެ އެންމެ ރަނގަޅު ގޮތުގައި ހިފުމަށް އަވަސް ވެގަންނަން އެބަ ޖެހެއެވެ. މި ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ޓަކައި ކުރެވިދާނެ ކަންތައްތައް ތިރީގައި މި ވަނީ އެވެ.

ރަނގަޅު ނިޔަތެއްގައި ހިފުން: މި މާތް މަތިވެރި ދިހަ ދުވަހުގައި ﷲއަށް އެންމެ ފުރިހަމަ ގޮތުގައި، އަޅުކަންކުރުމަށް ޢަޒުމް ގަނެގަންނާށެވެ.

ޙައްޖުގެ އަޅުކަން އަދާ ކުރުން: މި ދިހަ ދުވަހުގައި ކުރެވޭނެ އެންމެ މާތްކަމަކީ ﷲގެ ގެފުޅަށް ޒިޔާރަތް ކޮށް، ދީނުގެ 5ވަނަ ރުކުން އަދާ ކުރުމަށް، ޙައްޖު ވުމެވެ. ޙައްޖު ވުމަކީ ކުޅަދާނަ ކަން ލިބިގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟެކެވެ. ޙައްޖުވުމުގެ އިނާމަކީ ސުވަރުގެ ނޫން އެހެން ތަނެއް ނޫންް ކަމަށް ރަސޫލާގެ ހަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ. ނަމަވެސް، ޙައްޖުވުމަށް ނިކުޅެދޭ، ނޫނީ ޙައްޖަށް ނުދާ މުސްލިމަކު، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހު ރޯދަ ހިފުމަކީ އެދެވިގެންވާ ކަމެކެވެ. އަދި ޙާއްސަކޮށް ޢަރަފާތްދުވަހު ހިފުމަށް ޙާއްސަ އަހަންމިއްޔަތުކަމެއް ދިނުމަކީވެސް އެދެވިގެންވާ ކަމެކެވެ. އެހެނީ، މި ދުވަހު އެކަނި ރޯދަ ހިފުމަކީ އެ ރޯދަ ހިފި މީހާގެ ކުރީގެ ފާފަތަކާއި ކުރިއަށް އަންނަ އަހަރުތަކުގެ ފާފަތަށް ފޮހެވޭނެ ކަމެކެވެ.

ﷲއަށް ޛިކުރުކުރުން: މި ދުވަސްތަކުގައި ﷲއަށް ތަކްބީރު ކިޔުމާއި، ތަޙްމީދު ކިޔުމާއި، ތަޙްލީލު ކިޔުމާއި، ތަސްބީހް ވީހައިވެސް ގިނައިން ކިޔުމަކީ ސުންނަތްވެގެންވާ ކަމެކެވެ.

ގިނަގިނައިން ޤުރުއާން ކިޔެވުން: މި ދުވަސްތަކުގައި ޤުރުއާން ކިޔެވުމަކީ ތިމާގެ ޚިޔާލަށް ނުގެނެވޭނެ ފަދަ ގިނަ ގުނަ ސަވާބު ލިބޭނެ މަތިވެރި މާތް ކަމެކެވެ. ނަމަވެސް، ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ، ތިމާއަށް ސަވާބުލިބެނީ ހަމައެކަނި ކިޔާ އަކުރަކުން ނޫން ކަމާއި، ދުލުން ބޭރުވާ ކޮންމެ އަކުރަކަށް ސަވާބު ލިބޭނެ ކަމެވެ.

އަޝްހީ ޤުރުބާން ކުރުން: އަޟްހާ ޢީދު ދުވަހު އަޟްހީ ޤުރުބާން ކުރުމަކީ ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ކުރެއްވި، އެކަލޭގެ ފާނުގެ ބޮޑު ސުންނަތެކެވެ.

ރަނގަޅު ޢަމަލު ކުރުމުގައި އަވަދިނެތިވެ ހުރުން: ރަނގަޅު ޢަމަލުކުރުމުގައި ދެމިހުރުމުގެ ތެރޭގައި ސަދަޤާތް ކުރުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، ސުންނަތް ނަމާދުކުރުމާއި، އާއިލީ ގުޅުން ބަދަހި ކުރުމާއި، އެހެން މީސްތަކުންނަށް ރަހްމަތް ލެއްވުން އަދައި ދުޢާ ކުރުމާއި، ﷲގެ ދީނަށް ގޮވައިލުމާއި ކުށްތައް މާފު ކުރުމަށް އަދައި، ﷲގެ ހަޟްރަތުގައި ތައުބާ ވުމާއި ތިމާގެ ޙަޔާތް ރަނގަޅުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.

މި ހުރިހައި ކަމެއް ރަނގަޅަށް، ކުރަންވާ ގޮތަށް ކުރެވިއްޖެ ނަމަ، އެ ކުރި މީހެއްގެ ހުރިހައި ރަނގަޅު އަޅުކަމެއް ލަހެއް ފަހެއް ނެތި ޤަބޫލު ކުރެވޭނެއެވެ. ﷲ އަހަރެމެން އެންމެންނަކީ ސުވަރުގޭގެ ބަގީޗާތަކުގައި އަރާމް ކުރުމުގެ ތައުފީޤް ދެއްވާނެ ބައެއް ކަމުގައި ލައްވާށިއެވެ.

މިއީ ވަން ޕާތު ނެޓްވޯކުގައި ވާ ވީޑިއޯއެއްގެ ކުރު ތަރުޖަމާއެކެވެ.