ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން އޭއޯ އިން ކުރިއަށް ގެންދިޔަ “ކޮވިޑް ޓޭލްސް” ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާ އީދު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ވާޗުއަލް ކޮށް ކުރިއަށް ގެންދާ މި ހަފްލާއަކީ އޭއޯ ގެ ސްކޫލް މީޑިއާއިން އިންތިޒާމުކޮށްގެން މިދިޔަ އެޕްރީލް މަހުގައި ކުރިއަށް ގެންގޮސްފައިވާ ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާއެވެ.
އޭއޯ އިން ކުރިއަށް ގެންދިޔަ މި މުބާރާތަކީ ކޮވިޑް 19 އާއި ގުޅިގެންފުރަބަންދުގައި ތިބި އިރު “ޕެންޑަމިކް” ހާލަތެއްގައި، އިޖުތިމާއީ ގައިދުރުކަމެއްގައި ކަންތައްތައް ކުރަން ޖެހޭ އެންމެ ރަނގަޅު ގޮތާއި އަދި ދަރިވަރުން ގޭގައި ތިބެގެން ހުސްވަގުތު ހޭދަކުރާ ގޮތް ދައްކުވައިދޭ ގޮތް ދައްކުވައިދޭ، ހަމަ އެހެންމެ ސްކޫލަށް ނުދެވި ގޭގައި ދަރިވަރުން ތިބި އިރު ހުސްވަގުތު ބޭނުންތެރި ގޮތުގައި ހޭދަކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި މުބާރާތެކެވެ.
އެޕްރީލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން އެޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މުބާރާތުގައި މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމުލަ 529 ދަރިވަރުން ވަނީ މުބާރާތުގައި ކުރެހުން ހުށަހަޅާފައެވެ.
މި މުބާރާތުގެ އެންމެ މޮޅު 3 ވަނަ ހޮވާނީ ގަދަ 10 އަކަށް ހޮވޭ ކުރެހުންތަކުގެ ތެރެއިން އެންމެ މޮޅު 3 ކުރެހުމެވެ. މުބާރާތުގައި ވަނަ ހޮވުމުގައި ބަލާފައިވާނީ ބައިވެރިކުރި ކުރެހުންތަކަށް ފަނޑިޔާރުން ދެއްވި މާކުހާއި ސޯޝަލް މީޑިއާގައި ލިބުނު މާކުސް އެވެ. މިއީ އެއްވެސް އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެއް ނޫނެވެ.
ގަދަ 10 އެއް ހޮވުމުގައި މާކުސް ދީފައިވާ ގޮތް:
މި މުބާރާތުގެ ސްޕޮންސަރުންނަކީ މަލްޓި މާޓް އަދި ގޯދި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑެވެ.
ކުރެހުމުގެ މުބާރާތުގެ އިތުރުން އޭއޯ އިން ރަމަޟާން މަހު ކުރިއަށް ގެންދިޔަ ގުރުއާން މުބާރާތުގެ ނަތީޖާ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ވެސް މިހާރު ވަނީ ހަމަ ޖައްސާފައެވެ.