English Edition
Dhivehi Edition

ރާއްޖޭގެ މިނިވަން ދުވަހާއި އަޟްޙާ ޢީދުގެ މުނާސަބަތުގައި އީ ކޮމާރސް ޕްލެޓްފޯމް، މޫލީގައި ޑިޖިޓަލް ކާނިވަލެއް ފަށައިފި އެވެ.

މި ކާނިވަލް ކުރިއަށްގެންދާނީ 24 ޖުލައި 2020 އިން 3 އޯގަސްޓް 2020 އަށް ކަމަށްވާއިރު، މި މުއްދަތުގައި މޫލީ އިން ތަޢާރަފް ކުރި ޑިޖިޓަލް ކާނިވަލުން ވިޔަފާރިކުރާ ނަސީބުވެރި ފަރާތްތަކަށް އަގު ހުރި އެތައް އިނާމެއް ގިވްއަވޭސްގެ ގޮތުގައި ލިބިގެންދާނެއެވެ.

މި ކާނިވަލަށް ޚާއްޞަ ސެކްޝަން އެއް މޫލީގައި ހުޅުވިފައިވާއިރު، އުރީދޫ ކަސްޓަމަރުންނަށް އުފާވެރި ކަމާއެކު އީދު ހަދިޔާ ގަނެ، މާލެ، ހުޅުމާލެ އަދި އަތޮޅު ތެރޭގެ ބައެއް ހިސާބުތަކަށްވެސް ޑެލިވަރ ކޮށްދެވޭނެއެވެ. ސްމާޓް ފޯން، އާއި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު، ކޮސްމެޓިކްސް އަދި ތުއްތު ކުދިންނަށް ޚާއްޞަ ވާހަކަފޮތުގެ އިތުރުން އެކި އުމުރުފުރާގެ މީހުންނާ ގުޅޭ ތަފާތު ތަކެތި މޫލީ ގެ މޫލީ ކާނިވަލްއިން ލިބިވަޑައިގަންނަވާނެއެވެ.

ޢީދު ހަދިޔާ ފޮނުއްވުމަށް:

  1. އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ: http://ore.do/app
  2. މޫލީ ކާނިވަލް ސެކްޝަން ހިޔާރުކުރައްވާ
  3. ބޭނުންވާ ހަދިޔާ ހިޔާރުކުރެއްވުމަށްފަހު ކާޓް އަށް އެޑް ކުރައްވާ. އެއަށްފަހު ކާޓްއަށް ގޮސް ޗެކްއައުޓް ކުރައްވާ
  4. ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް ނުވަތަ ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް ޖައްސަވާ
  5. އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ

މޫލީ ކާނިވަލް އިން ވިޔަފާރި ކުރައްވާ ހުރިހާ ކަސްޓަމަރުން ލަކީޑްރޯއެއްގައި ހިމެނި، ގިވްއަވޭތަކުގެ ނަސީބުވެރިއަކަށް ވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ. ގިވްއަވޭ ޕެކްތައް މޫލީ ގައި މިހާރު ލިސްޓްކުރެވިފައިވާ 18 ބްރޭންޑްއަކުން ވަނީ ހުށައަޅުއްވާފައެވެ.

އޭގެ ތެރޭގައި ތަކެތި، އައި.ޓީ ވޯރލްޑް، ބްރޭންޑްލޫމް، ސީޕްރިޔާ، ޑިންޑިންކޮއެލި، ޑްރީމާރސް މޯލްޑިވްސް، ކޮންފުޑް، ކަނޑުފަޅު، ލެކިއުޓް، ލި ޕާރފިއުމް، ލިންކްސާރވް، ޕެންހޮމް، ރީމެކްސް، ސޭވިއަރސް، ދަ ސްޕޭސް، ވީސްޓޯރ، ހައި ފައިވް އަދި ފުލޯކު ޓޭލްސް ހިމެނެއެވެ. މީގެ ތެރެއިން ކޮންމެ ބްރޭންޑަކުންވެސް ނަސީބުވެރި ފަރާތެއް، އެ ބްރޭންޑަކުން ވިޔަފާރި ކުރެއްވި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވިގެންދާނެއެވެ. މި ކާނިވަލަށް ކޮންމެ ނެޓްވާރކް އަކުންވެސް ވަދެ ވިޔަފާރިކޮށް، އީދު ހަދިޔާތަކާއިއެކު ޢީދު އުފަލާއި މަޖާ، އާއިލާ އާއި އެކުވެރިންނާއި އެކު ހިއްޞާ ކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

މޫލީގެ ޕާރޓްނަރުންނާއި އެކު މޫލީ ޓީމުން މަސައްކަތްކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗް.ޕީ.އޭ ގެ އިރުޝާދުތަކާވެސް އެއްގޮތަށެވެ.